- Advertisement -spot_img

އެއާޕޯޓަށް ގެންދިޔަ ބީއެމްއެލްގެ ފައިސާތަކެއް މޫނުނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ ފައިސާ ހުރި ސުއިޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރު ކަމަށެވެ. ނަމަވެސް، އެއީ ކޮން ބޭންކެއް ކަމެއް އަދި ފައިސާގެ އަދަދެއް ވެސް ފުލުހުން ނުބުނެއެވެ.

އެނގިފައިވާ ގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔަ ފައިސާތަކެކެވެ.

ފައިސާތައް ހިފައިގެން އާ ޓާމިނަލަށް ވަންނަން ދިޔައީ ބޭންކެއްގެ ދެ މުވައްޒަފެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް