އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އާ ޓާމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާ އަށް ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ވީއައިއޭ ގެ އާ ޓާމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ހިދުމަތް ފަށައިފިއެވެ.

އެ އެއާލައިންސްގެ އޮޕަރޭޝަންތައް އިއްޔެ ފެށީ ޑިޕާޗަ ސަހައްދުގައި ބޭއްވި ރިބަން ޚާއްޞަ ރަސްމިއްޔާތަކުންނެވެ. ޗޮންގްޗިންގް އެއާލައިންސް އަކީ އާ ޓާމިނަލްގައި ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ.

އާ ޓާމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާ އަށް ޚިދުމަތް ދޭން ފެށުން | ފޮޓޯ: އެމްއޭސީއެލް

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ބުނީ މިއަދުން ފެށިގެން ބްރިޓިޝް އެއާވޭސްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުވާނެ ކަމަށެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

އާ ޓާމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާ އަށް ޚިދުމަތް ދޭން ފެށުން | ފޮޓޯ: އެމްއޭސީއެލް

މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. އާ ޓާމިނަލުން މިހާރު ހިދުމަތް ދެމުން އަންނަ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެއާ އަރަބިއާ ބިއޯންޑް ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް ބަޓިކް އެއާ ބެންކޮކް އެއާވޭސް އަދި އިންޑިގޯ، ގަލްފް އެއާ، މެލޭޝިއާ އެއާލައިންސް އަދި ސައުދިއާ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް