ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ބީއެމްއެލް ސްކޮލަޝިޕް ފަންޑު ލިބުނު 3 ދަރިވަރުން ހޮވައިފި

ބީއެމްއެލް ސްކޮލަރޝިޕް ފަންޑު މި އަހަރު ލިބުނު ތިން ދަރިވަރުން ހޮވައިފިއެވެ.

މިގޮތުން ސްކޮލަރޝިޕް ފަންޑު މި އަހަރު ލިބުނު ތިން ދަރިވަރުންނަކީ މުޙައްމަދު ޢާހިލް އަޙްމަދު، މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ގައުމީ ބޭންކުގެ ސްކޮލަޝިޕް ފަންޑަކީ ”ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެ“ކެވެ.

”މި ސްކޮލަޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.“

މި އަހަރު ސްކޮލަޝިޕް ހާސިލުކުރި ތިން ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ކާމިޔާބީއަކީ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ.

”މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،“ ޝަރީފު ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން، 2022 އިން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު ނުވަ ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް