އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ސަރުކާރުން ބޮޑުކޮށްފި

ޤައުމީ ޓީމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި އޮފިޝަލުންނަށްދޭ އިނާޔަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއްހަމަކޮށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަން އަންގައިފިއެވެ.

މިކަމާއި ގުޅިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރެފައިވާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ, ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިން އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް 2025 މެއި މަހުން ފެށިގެން ހަތްހާސް ރުފިޔާއަށް ބޮޑު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޤައުމީޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭ އިނާޔަތް ބޮޑުކޮށްފައިވަނީ 7،000ރ އަށެވެ. މީގެ ކުރިން އެތްލީޓުން ނުވަތަ ކުޅުންތެރިންނަށް ދެމުންދިޔައީ މަހަކު 5،000 ރުފިޔާއެވެ. އަދި އޮފިޝަލުންނަށް 2500 ރުފިޔާއެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަތައް ބޮޑުކޮށް ކުޅުންތެރިންނަށް އަންގާފައިވާއިރު މި އުސޫލާއި އެއްގޮތަށް މިއަހަރުގެ މެއިމަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި ފެރާ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުންޏެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔާތް ގަވައިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނާ ތަޖްރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ.

ގުޅުންހުރި ލިޔުންތައް