އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފުނަދޫގައި 50 ޓަނުގެ އައިސް ފްލާންޓެއް ހުޅުވައި ރައީސް މުއިއްޒު އުތުރުގެ މަސްވެރިން ހެއްވާލައިފި

ށ. ފުނަދޫގައި 50 ޓަނުގެ އައިސް ފްލާންޓެއް ހުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ މަސްވެރިން ހެއްވާލައިފިއެވެ.

ޒަމާނުއްސުރެ އުތުރުގެ މަސްވެރިންގެ ކަންބޮޑުވުމަކަށް ވެފައި އޮތް އައިސް ލިބުމުގެ ދަތިކަމަށް މި އައިސް ޕްލާންޓްގެ ސަބަބުން ބޮޑު ހައްލެއް ލިބޭނެއެވެ.

ށ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުނަދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެ އައިސްޕްލާންޓް ހުޅުއްވައިދެއްވީ ވެސް އެމަނިކުފާނެވެ. އެމަނިކުފާނާ އެކު އެ ތަން ހުޅުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ.

ފުނަދޫ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ އައިސްޕްލާންޓުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މަސްވެރިކަން ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފ. ނިލަންދޫގައި މަސް ދަޅު ބަންދުކުރާ ކާރުޚާނާއެއް ގާއިމް ކުރުމަށް ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. 

މަސްވެރިންނަށް މަހުން މަހަކަށް އެއްވެސް ލަސްކަމެއް ނެތި ފައިސާ ދެވޭނެ އިންތިޒާމް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް