އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

އައިއައިޔޫއެމްގެ ރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު ހެނދުނުއެވެ.

އައިއައިޔޫއެމްގެ ރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި، އައިއައިޔޫއެމުން ދިވެހިދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އައިއައިޔޫއެމްގެ ރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އުންމީދު އައު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް