އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

ފްލެޓްތައް ކުއްޔަށްދޭނަމަ އަތުލާނެ ކަމަށް އެފްޑީސީން ބުނެފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 4000 ފްލެޓް އިމާރާތްކޮށްފައިވެއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ބޮޑު ލޯނަކުން އަޅާފައިވާ ފްލެޓްތަކެކެވެ. މި ފްލެޓްތައް އަޅާފައި ވަނީ ދަތިހާލުގައި މާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށެވެ. 

ނަމަވެސް މި ފްލެޓްތައް ހަވާލުކޮށް ނުނިމެނީސް މިހާރު ހަވާލުކޮށްފައިވާ ބައެއް ފްލެޓްތައް ބޮޑުއަގުގައި ވިއްކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ ކުއްޔަށް ދޫކުރި ފަރާތާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ކުއްޔަށްދޭ ފްލެޓްތައް އަތުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ކޮޓަރީގެ ފްލެޓެއް ކުއްޔަށްދޭން އިއުލާންކޮށްފައި ވަނީ 25،000 ރުފިޔާއަށެވެ. 

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް