spot_img

ކްރޮސްރޯޑުގައި ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދެއް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްޤީކުރި މި ސަރަޙައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓާއި ގައިޑް އަދި ސްކައުޓް ދަރިވަރުން ކޭމްޕް ދާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވެފައިވާތީ، އެ ދަރިވަރުން ކޭމްޕްކޮށް އެކި ހަރަކާތްތައް ހިންގަން ބޭނުންކުރުމަށް ތައްޔާރުކުރި ސަރަޙައްދެކެވެ. މި ކޭމްޕް ސަރަހައްދަކީ ކޭމްޕް ކުރުމުގެ އިތުރުން ދަރިވަރުން ކިޔަވާ އެކި މާއްދާތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވެސް ބޭނުންކުރާނެ ތަނެކެވެ.

ކްރޮސްރޯޑުގައި ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ހުޅުވުން | ފޮޓޯ: ރައީސް އޮފީސް

ކޭމްޕް ކުރާ ސަރަޙައްދު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަހައްދު ބައްލަވާލައްވާފައެވެ.

ކްރޮސްރޯޑުގައި ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ހުޅުވުން | ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ބަޒީރުންނާއި ކެޑޭޓާއި ގައިޑް އަދި ސްކައުޓް އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

spot_img

ގުޅުންހުރި ލިޔުންތައް