ސޯމާލިއާ ބަލިކޮށް ވޯލްޑްކަޕްގެ ޖާގައެއް އަލްޖީރިއާއިން ކަށަވަރުކޮށްފިއެވެ.
ވޯލްޑްކަޕްގެ ޖާގައެއް އަލްޖީރިއާ ކަށަވަރު ކޮށްފައިމިވަނީ ކޮލިފައިން ގްރޫޕް ޖީގައި ރޭ ސޯމާލިއާ އާދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށް ގްރޫއްޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސޯމާލިއާގައި ކުޅުނު މިމެޗް އަލްޖީރިއާ ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މިމެޗް ސޯމާލިއާގައި ކުޅެން އޮތްނަމަވެސް އެންމެފަހުން އަލްޖީރިއާގައި ކުޅެން ނިންމީ ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ނެތުމުންނެވެ. އެހެންކަމުން ރޭގެ މެޗް ހުރިހާ ގޮތަކުންވެސް މޮޅުވުމުގެ އެޑްވާންޓޭޖެއް އޮތީ އަލްޖީރިއާ އަށެވެ.
މެޗްގައި އަލްޖީރިއާއަށް ގޯލް ހުޅުވާލަދިނީ ހަވަނަ މިނެޓް ތެރޭގައި މެހްރޭޒްގެ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު އަމޯރާ އެވެ. އަލްޖީރިއާގެ ދެވަނަ ލަނޑު އޭގެ 13 މިނެޓްފަހުން ރިޔާދް މެހްރޭޒް ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ 58 ވަނަ މިނެޓް ތެރޭގައި ފުރަތަމަ ލަނޑު ޖެހި އަމޯރާއެވެ.
މެޗަށްފަހު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަލްޖީރިއާ އޮތްއިރު، ވަރލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޔުގެންޑާއަށްވެސް އެބައޮތެވެ.
އަލްޖީރިއާ ވަރޯލްޑްކަޕުން ޖާގައެއް ކަށަވަރުކުރިއިރު، މިއީ 2014 ވަނަ އަހަރަށްފަހު އެ މުބާރާތުން ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ. އަލްޖީރިއާގެ އިތުރުން ދެކުނު އެފްރިކާއިން ވަރލްޑްކަޕަށް ދަތުރުކުރި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ތޫނިސް، އަދި މޮރޯކޯއެވެ.