ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްވިކަން ސާބިތުވެ، ބައްސާމް ހަތަރު އަހަރަށް ޖަލަށް

ފުޓުްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްވިކަން ސާބިތުވެ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބައްސާމްގެ މައްޗަށް އެ ދައުވާ އުފުލީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ.

ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެޓްމަންޓްސްގެ ބޭނުންތަކަށް ބޭނުންކޮށްފައިވާ ދައުވާގައިވެ އެވެ.

އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި އެންމެހައި ހެކިަތަކަށް ބަލާއިރު، އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް