ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އެމްޑީޕީގެ އެކައުންޓްތައް ފްރީޒްކުރަން ކޯޓުގައި އެދިއްޖެ

އައިލެންޑް އޭވިއޭޝަނަށް، އިދިކޮޅު އެމްޑީޕީން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްދޭން އެ ކުންފުނިން ސިވިލް ކޯޓުގައި އެދިއްޖެއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން މޯލްޑިއަންގެ ފްލައިޓްތަކުން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ، 5.6 މިލިއަން ރުފިޔާއާ ގުޅޭ މައްސަލައެކެވެ.

ޝަރީއަތް މެދުވެރިކޮށް މީގެކުރިން ވަނީ އެމްޑީޕީއާއި މޯލްޑިވިއަންއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމެއް ހަދައި، 2027 ވަނަ އަހަރުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވެފައެވެ.

ނަމަވެސް އެ ސެޓްލްމެންޓް އެއްބަސްވުން އުވާލައި، އެއް ފަހަރާ ގައުމީ އެއާލައިނަށް 3.6 މިލިއަން ރުފިޔާ ދައްކަން އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން ވަނީ މިދިޔަ ޖުލައި މަހު ހުކުމް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް