ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ފިލްމީ ތަރި ޔޫއްޕެ ޕީއެންސީއަށް ސޮއިކޮށްފި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.

ޔޫއްޕެ ޕީއެންސީއަށް ސޮއިކުރީ މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ޕާޓީގެ ފަރާތުން ޔޫއްޕެއަށް މަރުހަބާ ދެންނެވީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ޔޫއްޕެގެ އިތުރުން އިތުރު ބައެއް މީހުން ވެސް އެ ޕާޓީއާ ގުޅިފައިވެއެވެ.

މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ. އެގޮތުން ޕާޓީގެ ހަރުގެ ފުރިގެން އާޓިފިޝަލް ބީޗް ތެރޭގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ތޮއްޖެހިފައި ތިއްބެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ މިއީ ހަރުގެ ޖަލްސާއަކަށް އިއުލާންކުރުމުން ސަޕޯޓަރުން ހާޒިރުވި މިންވަރު ކަމަށެވެ. އަދި ބޮޑު ޖަލްސާއެއް ބާއްވައިފިނަމަ މިއަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް