ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އުރީދޫއިން ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް އައިފޯން 17 ދޭން ފަށައިފި

އުރީދޫއިން އައިފޯން 17 ސީރީޒްގެ ފޯނުތައް ޕްރީ-އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފިއެވެ.

ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފެށީ އުރީދޫގެ ހެޑްކުއާޓާޒްގައި ރޭ 12 ޖެހިއިރުއެވެ. އައިފޯން ހަވާލުކުރަން ބޭއްވި ހަރަކާތް އުރީދޫއިން ކުރިއަށްގެންދިޔައީ ލައިވް މިއުޒިކާ އެކު ހިތްގައިމު މާހައުލެއްގައެވެ.

އުރީދޫއިން ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް އައިފޯން 17 ދޭން ފެށުން | ފޮޓޯ: އުރީދޫ

މި ސީރީޒްގެ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ފީޗާތައް ވެސް ހިމަނާފައިވާ އިރު، އެޕަލް އިން ބުނި ގޮތުގައި މި މޮޑެލް އަކީ އައިފޯނުގެ އަހުލުވެރިން ވަރަށް ގަޔާވާނެ ގިނަ ކަންކަން ހިމެނޭ ޑިވައިސްއަކަށެވެ.

އުރީދޫއިން ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް އައިފޯން 17 ދޭން ފެށުން | ފޮޓޯ: އުރީދޫ

އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.

އައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖްއެވެ.

ގުޅުންހުރި ލިޔުންތައް