އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، 20 ވަނަ ރައްޔިތުންގެ މަޖިލީހާއެކު މޯލްޑިވްސް-ޕާކިސްތާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އަލުން އުފެއްދުމުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައްޔިތުންގެ މަޖިލިސް

 އަދި، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކުރާ ފަރާތްތައް ދިވެހިރާއްޖެއަށް ވަނުން މަނާކުރާ ޤާނޫނަށް އަލިއަޅުއްވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް