އަލީބާބާ މެދުވެރިކޮށް ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގެ މާކެޓަށް ދިވެހިންނަށް އެކްސެސް ލިބޭނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާއާ ގުޅިގެން ކުރިއަށްގެންދިޔަ ވޯރކްޝޮޕަށް އިޝާރާތްކުރައްވަމުންނެވެ. މިނިސްޓަރ ސައީދު ވިދާޅުވީ މިނިވަންވިޔަފާރީގެ ފުރިހަ މަނަތީޖާ އަދި ފުރުސަތުތައް ފަހިކުރުމުގައި ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމުގައިވާ http://Alibaba.com އާއި އެކު ކުރިއަށްގެންދެވުނު މަޝްވަރާގައި ގިނައަދަދެއްގެ ދިވެހިވިޔަފާރިވެރިން ބައިވެރިވި ކަމަށެވެ.
މިޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަޤައުމުތަކުގެ މާކެޓަކަށް އެކްސެސްލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ 40 މިލިއަން އެކްޓިވް ބަޔާސް ނުވަތަ މުދާ ގަންނަ ފަރާތްތައް ކަމަށް ވިދާޅުވިއެވެ.
”ޝައުގުވެރިވާ ފަރާތްތައް ގިނަކަން ފާހަގަކޮށް ރާއްޖޭގެ ޕްރޮޑަކްޓްސް ލިސްޓުކުރުމިގައި އެކުގައި މަސައްކަތްކޮށްދޭން އެފަރާތުން އެއްބަސްވެފައިވުމަކީ ލިބިގެންދާ ކާމިޔާބެއް.“ ވަޒީރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓްސް ހުޅުވުމަށް އަރާ ދަތިތައް ހައްލުކޮއްދޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިކަމަށެވެ. އަލީބާބާއާ ގުޅިގެން ރާއްޖޭގައި ބޭއްވި ވޯރކްޝޮޕްގައި 700 އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވިއެވެ.