ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ގެދޮރުވެރިކަމާބެހޭ ވުޒާރާ

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ދެއްވި މައުލޫމާތުގައިވާ ގޮތުން، ސޮއިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް، އެ ވުޒާރާ ކުރިން ހިންގި އިމާރާތް ހުރި ބިމުގައެވެ.

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ގެދޮރުވެރިކަމާބެހޭ ވުޒާރާ

މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ގުޅަމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް