ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: އަނެއްކާވެސް ފަހުވަގުތު ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައި ލިވަޕޫލް ތާވަލުގެ އެއްވަނައަށް!

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ރެފްރީ ދިން ޕެނަލްޓީއެއްގެ ބޭނުންލިފައި ލިވަޕޫލުން 1-0 އިން ބާންލީ ބަލިކޮށްފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް އަދި ހަތަރު ވަނައިގައި އޮތް ބޯންމަތަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.

ލިވަޕޫލް އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލަށް ގޯލުޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހު ވަނީ މި މެޗުން ލިވަޕޫލް މޮޅުކޮށްދީފަ އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ ބާންލީގެ އޭރިއާ ތެރެއިން އެޓީމުގެ ހަނިބަލް މެޖްބްރީގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ލިވަޕޫލް އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

އަންނަ ހަފްތާގައި ލިވަޕޫލް ނުކުންނާނީ ވާދަވެރި އެވަޓަން އާއި ދެކޮޅަށެވެ. އެހެންނަމަވެސް މި ސީޒަންގައި މިހާތަނަށް ދެޓީމުން ދައްކާ ކުޅުމަށް ބަލާއިރު، މި މެޗުން ފަސޭހަ ކަމާއިއެކު ލިވަޕޫލުން ކާމޔާބު ކުރާނެކަމަށް ބެލެވެއެވެ. އަދި ބާންލީ ނުކުންނާނީ ނޮޓިންހަމް ފޮރަސްޓާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް