ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ބޭސް އެތެރެ ކުރާ ކުންފުނީގެ އެމްޑީ އަކަށް ޑރ. ޝާހު އައްޔަންކޮށްފި

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު މިއަދު އައްޔަންކޮށްފިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ރާއްޖެ އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ، މިދިޔަ އަންގާރަ ދުވަހު އެވެ. ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ވަނީ އެ ކުންފުނީގެ ބޯޑު އެކުލަވާލައި މަގާމުތަކަށް އައްޔަންކުރި މީހުންގެ ނަންތައް ހާމަކޮށްފައެވެ.

ޕީސީބީން ކުރި ޕޯސްޓުގައިވާ ގޮތުން ޑރ. ޝާހްއާ އެކު މި ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ދެ މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޝަތު މުހައްމަދު، މ. ކުރެއްދޫ އަދި ޝިބާނާ އަބްދުﷲދީދީ، ފްލެޓް ނަންބަރު 10-3-1 އެވެ.

މިސަރުކާރުގެ ކުރީކޮޅު ޑރ. ޝާހް ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ގުޅުންހުރި ލިޔުންތައް