ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ބަޣާވާތެއް ރޭވިކަމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް 27 އަހަރަށް ޖަލަށް

ބަޣާވާތެއް ރޭވިކަމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ 27 އަހަރަށް ޖަލަށްލާން އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ބްރެޒިލްގައި 2019-2022 އަށް ވެރިކަން ކުރެއްވި ބޮލްސޮނާރޯ، 70، ގެ މައްޗަށް އުފުލީ ބްރެޒިލްގެ މިހާރުގެ ރައީސް ލޫލާ ޑި ސިލްވާ 2023 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އޭނަ ހުވާކުރެއްވުމަށް ހުރަސް އަޅުއްވައި ބަޢާވާތެއް ކުރަން އުޅުއްވުމުގެ ދައުވާތަކެކެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން ވަނީ ބޮލްސޮނާރޯގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން 27 އަހަރާއި ތިން މަހަށް އޭނާ ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.

ބޮލްސޮނާރޯ މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އޭނާ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވެފައެއް ނުވެއެވެ. ބޮލްސޮނާރޯ ވަނީ އޭނާގެ މައްޗަށް ދައުވާކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

ބްރެޒިލްގައި 2023 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ބަލިވުމުން ބޮލްސޮނާރޯއަށް ތާއީދުކުރާ މީހުން ވަނީ މިހާރުގެ ރައީސް ލޫލާގެ ކާމިޔާބީއާ ދެކޮޅު ހަދައި، އެ އަހަރުގެ ޖެނުއަރީ މަހު ނޭޝަނަލް ކޮންގްރެސް އާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް