ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފަހުމީގެ ބަދަލުގައި ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މ. ސިސްކިން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޝަމާޙް އެމަގާމަށް އައްޔަނުކުރީ އެމަގާމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހުންނެވި ހުސެއިން ފަހުމީ ކުއްލި ގޮތަކަށް ވަކުކުރުމަށްފަހުގައިއެވެ.
ޝަމާހް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގައުމީ މަސް ކުންފުނި މިފްކޯގެ އެމްޑީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރެވުނު ބޭފުޅާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭމަހު އެމަގާމުން ޝަމާހް ވަކިކޮށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޝަމާހް އައްޔަނުކުރެވުނެވެ.