ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކިންގްސް ކަޕްގެ ފައިނަލަށް އޭދަފުށީގެ ސީސީ އާއި ރޯޑް ރެކްރިއޭޝަން ކްލަބް ދަތުރުކޮށްފި

ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕް ފައިނަލުގައި ބ. އޭދަފުށީގެ ޗެމްޕިއަން، ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ) އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރަން ޖެހިއްޖެއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭގެ ސެމީ ފައިނަލް މެޗުތައް ކުޅުނުއިރު، ހދ. ގެ ޗެމްޕިއަން ޓީމު، ޓީމު ނައިވާދޫ އަތުން އާރްއާރްސީ މޮޅުވީ 4-2 އިންނެވެ. އާރްއާރްސީގެ ފުރަތަމަ ގޯލު ޖަހާފައިވަނީ އަހުމަދު އަފްލާޒްއެވެ. އަދި ދެވަނަ ގޯލު ޖަހާފައިވަނީ ދެ ވަނަ ހާފުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އަދި ބަދަލަކަށް ކުޅެން އަރައި، އޭގެ ފަހުން ޝަނާން ރަޝާދު ދެ ގޯލު ޖަހައި އާރްއާރްސީ އަށް ހަމަޖެހިލާން ފުރުސަތެއް ދިނެވެ.

ނައިވާދޫގެ ފުރަތަމަ ލަނޑު ޖެހީ، އަހުމަދު ހަމީދު (އައްމަޑޭ) އެވެ. އަދި އޭގެ ފަހުން، ޝާއްޕެ ވަނީ ނައިވާދޫގެ ދެ ވަނަ ލަނޑު ޖަހައިފައެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރިސޯޓް ސެކްޓަރުގެ ޗެމްޕިއަން، އަދި ކިންގްސް ކަޕްގެ މިދިޔަ އަހަރުގެ ރަނަރަޕް، ޖޯލި އަތުން ސީސީ މޮޅުވީ 2-0 އެވެ. ޖޯލި ޓީމުގެ އަހުމަދު ރާހިލް ރަޝީދު މެޗުގެ ކުރީކޮޅުގައި ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ދެ ވަނަ ހާފުގައި ސީސީ އަށް ގޯލު ހުޅުވާލައިދިން ލަނޑު ޖެހީ، މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އަދި، ސީސީގެ ދެ ވަނަ ލަނޑު ހިލޭ ޖެހުމަކުން ޖެހީ، އަޔާޒް އަހުމަދު (އަޔާ) އެވެ. ޖޯލި ޓީމުގެ ހަމަލާތައް ދިފާއުކުރުމުގައި ސީސީގެ ކީޕަރު، އަބްދުﷲ ނާސިހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އާރްއާރްސީ އާއި ސީސީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ، އަންނަ އަންގާރަ ދުވަހުގެރޭގައެވެ.

ގުޅުންހުރި ލިޔުންތައް